ކ. ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނުން 39 ބިދޭސީން ހައްޔަރުކޮށްފި

ގުރައިދޫން ހައްޔަރު ކުރެވުނު ބައެއް ބިދޭސީން / ފޮޓޯ:އިމެގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ކ. ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 39 ބިދޭސީން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 24 އޮކްޓޯބަރުގައި ފެށި މަސައްކަތުގެ ބައެކެވެ.

އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ ރައްޔިތުން ހިމެނެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހެނދުނު 10:30 އިން ހަވީރު 05:30 އަށެވެ. އޭގެ ތެރޭގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީންނާ ސުވާލުކުރެވުނެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ފެށި އޮޕަރޭޝަންތަކާ ގުޅިގެން އަތޮޅުތަކަށް ފިލައިގެން ދިޔަ ބިދޭސީން ހޯދުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަށެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ވިޔަފާރިކުރާ ބިދޭސީން ދެނެގަނެ، އެމީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. އަދި މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖެއަށް ލިބޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުން ކުޑަކުރުމެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy