ބޯންމެރޯ ޓްރާންސްޕްލާންޓަށް ފޮނުވި 14 ކުދިންގެ ތެރެއިން 3 ކުއްޖަކު ފަރުވާ ފުރިހަމަކޮށްފި

ބޯން މެރޯ ހަދައި ދިނުމަކީ ސަރުކާރުން އިސްކަންދޭކަމެއް

ހަފްތާ 14 ގެ ދަށުން ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރި 14 ކުދިންގެ ތެރެއިން 3 ކުއްޖަކު އެ ފަރުވާ ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، ފަރުވާ މުޅިން ފުރިހަމަކޮށް ދެ ކުއްޖަކު މިހާރު ރާއްޖެ އައިސްފައިވާކަމަށާއި، އިތުރު ކުއްޖަކުވެސް ފަރުވާ ފުރިހަމަކޮށް، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެކަމަށެވެ.

ޑރ. ޢުމަރު އިތުރަށް ވިދާޅުވީ، ޒަކާތު ފަންޑުގެ އެހީގައި މިއަހަރު 14 ކުއްޖަކު ފަރުވާއަށް ގޮސްފައިވާކަމަށެވެ. އަދި ބޯންމެރޯ ހެދުމަށް މިއަހަރު ފޮނުވި 1 ކުއްޖަކު މިދިޔަ ހަފްތާ ނިޔާވެފައިވާކަމަށާއި، މި ފަރުވާ ހޯދަމުންދާ 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ފުރިހަމަކުރަމުންދާކަމަށެވެ.

"ހިތާމައާއެކު ފާހަގަކުރަން، ބޯންމެރޯއަށް ފޮނުވި 1 ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވީ. ދެން ތިބި ހުރިހާ ކުދިންވެސް ފަރުވާ މުޅިން ފުރިހަމަކޮށް ކުރިއަށް އޮތް ނޮވެމްބަރު، ޑިސެމްބަރު މަސްތެރޭ ރާއްޖެ އަންނާނެ," ޑރ. އަޙުމަދު ޢުމަރު ވިދާޅުވިއެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެތެރެއިން އަންނަ އަހަރު މިފަރުވާއަށް ފޮނުވާ ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy