ފަސް އަހަރަށްފަހު އިންޑިއާއާއި ޗައިނާގެ ލީޑަރުން ރަސްމީ މަޝްވަރާތައް ފަށައިފި

ޗައިނާ އާއި އިންޑިއާގެ ލީޑަރުންގެ ބައްދަލުވުމެއްގެ ތެރެއިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ފާއިތުވި ފަސް އަހަރު ތެރޭގައި ފުރަތަމަ ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ރަޝިއާގެ ކާޒާން ސިޓީގައި ބާއްވާ ބްރިކްސް ސަމިޓުގެ ހަވާސާގައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި މައްސަލަ ބޮޑުވެފައިވާ ހިމާލަޔާން ބޯޑަރުގެ މައްސަލައިގައި އެއްބަސްވުމަކަށް އައިތާ ދެ ދުވަސް ފަހުން ބޭއްވުނު ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ޗައިނާގެ ލީޑަރު ޝީ ވިދާޅުވީ، ދެ ގައުމު އޮތީ ތަރައްގީގެ މުހިންމު މަރުހަލާއެއްގައި ކަމަށާއި ޚިޔާލުތަފާތުވުންތައް ފަރުވާތެރިކަމާ އެކު ހައްލުކޮށް، ތަރައްގީގެ އުންމީދުތައް ކުރިއަށް ގެންދިއުމަށް އެކަކު އަނެކަކަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އިންޑިއާއާއި ޗައިނާ އެކުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މައިދާނުގައި ހުރި މައްސަލަތަކާ ކުރިމަތިލުމުގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުން ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި ތަނަވަސްކަމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ދެ ލީޑަރުން ކަށަވަރުކޮށްދެއްވި ކަމަށެވެ. އެންމެ ފަހުން ދެ ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ މަހާބަލީޕޫރަމް ސިޓީއަށް ޝީ ކުރެއްވި ދަތުރުފުޅެއްގައެވެ.

ބޯޑަރު މައްސަލައަކީ ޗައިނާއާއި އިންޑިއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޗައިނާއިން އިންޑިއާގެ އިރުމަތީ ސްޓޭޓް އަރޫނާޗަލް ޕްރަދޭޝްގެ މިލްކުވެރިކަމަށް ދައުވާކުރާއިރު، ދެ ގައުމުން ވަނީ 1962 ވަނަ އަހަރު ބޯޑަރު ހަނގުރާމައެއް ފަށާފައެވެ. އަދި 2020 ވަނަ އަހަރު ލަޑަކް ހިމާލިޔާ ސަރަހައްދުގައި ހިނގި ހަމަނުޖެހުތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ބޯޑަރުގެ މައްސަލައަށް ލުއި ހޯދުމަށް އިތުރަށް މަޝްވަރާކުރަން ނިންމުމާ ގުޅިގެން ޚާރިޖީ ގުޅުން ވަނީ ވަރުގަދަވެފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy