ރައީސް މުއިއްޒުގެ މާލީ ފިޔަވަޅުތަކަށް ޕީއެންސީން މަރުހަބާ ކިޔައިފި

ޕީއެންސީ ގެ ބައެއް އިސްވެރިން / ފޮޓޯ:ޕީއެންސީ

ރާއްޖޭގެ މާލީ ޙާލަތު ނާޒުކު ފައްތަރަކަށް ހުށަހެޅިފައިވާ ދަނޑިވަޅުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި މާލީ ފިޔަވަޅުތަކަށް ސަރުކާރު ހިންގާ ޕީއެންސީން މަރުހަބާ ކިޔައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ މި ނިންމެވުމަކީ ހަރުދަނާ އަދި ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށެވެ.

ޕީއެންސީން ފާހަގަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ސީދާ ރައީސް މުއިއްޒާ ހަމައިންނެވެ. އަދި މިއީ ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެއެވެ.

ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެފައިވާކަން ޕީއެންސީން ފާހަގަކޮށްފައިވެއެވެ. އެ ޕާޓީން ބުނެފައިވަނީ، 2022 އަދި 2023 ވަނަ އަހަރު ބަޖެޓު ޑެފިސިޓު އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ޕީއެންސީން އިތުރަށް ބުނެފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މީގެކުރިން ނާޅާ އޮތީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މި ނިންމެވުމަކީ ޤައުމުގެ ޙައްޤުގައި ނިންމެވި ނިންމެވުމެއް ކަމުގައި އެ ޕާޓީން ބުނެފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy