މޫސުމީ ބަދަލުތަކަށް ދޭ މާލީ އެހީ އިތުރުކުރަންޖެހޭ: ނައިބު ރައީސް

ނައިބު ރައީސްގެ ތަޤުރީރު ކުރެއްވުން / ފޮޓޯ:ރައީސް އޮފީސް

މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ކުރަމުން އަންނަ މަސައްކަތަށް ދޭ މާލީ އެހީތެރިކަން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ސަމޯއާގައި ކުރިއަށްދާ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޯ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ކޮމަންވެލްތު" ގައި ތަޤުރީރުކުރައްވަމުންނެވވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކްލައިމެޓް ފައިނޭންސިންގްއަށް އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރުކުރުމަށް ގޮވާލެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށް، މިހާރު އޮތް ބައިނަލްއަޤުވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުމުގައި މިކަމަށް އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވާހަކަފުޅު ނިންމަވާލެއްވީ 1.5 ޑިގްރީގެ މަގަށް އެނބުރި ދިއުމަށާއި އަންނަން އޮތް ޖީލުތަކަށާއި ދުނިޔެއަށްޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅުތައް އެޅުމަށް ކޮމަންވެލްތުގެ މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy