އާސަންދައިގެ ޚަރަދު 565 މިލިއަން ރުފިޔާ އިތުރުވެއްޖެ

އާސަންދައިގެ އެހީ ނުލިބޭ އާއިލާއެއް ރާއްޖޭގައި މަދުވާނެ

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް މި އަހަރަށް ބަޖެޓު ކުރި ވަރަށްވުރެ އިތުރަށް 565 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދަ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ކަނޑައެޅީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އާސަންދަ ކުންފުނިން 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އާސަންދައިގެ ޚަރަދުތައް އިތުރުވަމުންދާއިރު، މި އަހަރުގެ ތެރޭގައި އާސަންދައިގެ ޚަރަދުތައް ކުޑަކުރަން ސިޔާސަތުތައް ބަދަލުކޮށް، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ އެހީއަކަށް ހަދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި އަހަރުގެ ތެރޭގައި އެކަނި ވެސް 821,989 މީހުންނަށް އާސަންދަ ސްކީމުން ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނައިން އާސަންދަ ބޭނުންކުރި މީހުންވެސް ހިމެނެއެވެ.

އާސަންދަ ސްކީމުން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި ބޭސް ފަރުވާއާއި ބޭސް ގަތުމާއި އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގެ އިތުރުން ރާއްޖެއިން ބޭރުން ވެސް ބޭސްފަރުވާ ހޯދުން ހިމެނެއެވެ. މިހާރު އޮންނަ ގޮތުން އައިޑީ ކާޑު އޮންނަ ކޮންމެ ދިވެއްސަކަށް އާސަންދަ ޚިދުމަތް ލިބެއެވެ.

މި ނިޒާމު އޮތުމުން އިސްރާފު ޚަރަދުތައް ބޮޑުވާތީ، އެކަން ބބަދަލުކުރަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތައް އަހަރެއް ވެއްޖެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy