ރައީސް މުޢިއްޒަކީ ދުރުވިސްނޭ ލީޑަރެއް، ﷲ ގެ ރަޙްމަތްފުޅުން މި ޙާލަތުން އަރައިގަނެވޭނެ - އިއްބެ

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން

ރައީސް ޑރ މުޙައްމަދު މުޢިއްޒަކީ ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވާ ވެރިއެއް ކަމަށާއި، އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތަކާއެކު މި ޙާލަތުން އަރައިގަނެވޭނެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރައީސް މުޢިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްޓަކައި ރައީސް ގެންދަަވަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުން” އިއްބެ ވިދާޅުވިއެވެ.

އިތުރަށް އިއްބެ ވިދާޅުވީ، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ރައީސް ނިންމެވި ނިންމެވުމަކީވެސް ފަސޭހަ ނިންމެވުމެއް ނޫން ކަމަށާއި، އެކަން އެ ކުރައްވަނީ މި ޤައުމުގެ މުސްތަޤުބަލަށްޓަކައި ކަމަށެވެ.

އިކޮނޮމިކް ރީފޯމް އެޖެންޑާގެ ދަށުން، ސިދާ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައިި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކި ކުރަން ރައީސް މުޢިއްޒު ވަނީ އަންގަވާފައެވެ.

މީގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިޔުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ.

ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައި ވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީބީސީ)ން ވެސް ވަނީ ސަރުކާރުގެ ވިޔަފާރިތަންތަނާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅުމަށް އަންގައިފައެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިއްބެ ވިދާޅުވީ، އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ނަންގަވަމުން ގެންދަވާ ފިޔަވަޅުގެ ސަބަބުން މާދަމާގެ ޖީލުތަކަށް ފައިދާ ކުރާނެ ކަމަށާއި، ރައްޔިތުންގެ ސީދާ އަތުން ނަގަމުން އަންނަ ޖީއެސްޓީގެ އަދަދު ބޮޑު ނުކުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަން ކޮށްފައި އޮތް ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި، އެކި ދާއިރާތަކުން ނަގަމުން އައި ޓެކްސްގެ އަދަދުތައް ބޮޑުކުރަން މަޖުބޫރު ކުރުވީ ނިމިދިޔަ ސަރުކާރު ހިންގި އެމްޑީޕީން ކަމަށްވެސް އިއްބެ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy