އިންޑޮނޭޝިއާގެ އާ ރައީސް ސުބިއަންޓޯ މަޤާމާ ހަވާލުވެއްޖެ

ޕަރްބޯވޯ ސުބިއަންޓޯ

އިންޑޮނޭޝިއާގެ އާ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ އާމީ ޖެނެރަލް ޕަރްބޯވޯ ސުބިއަންޓޯ މިއަދު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ޖަކާޓާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސުބިއަންޓޯ އަދި ނައިބު ރައީސް ޖިބްރާން ރަކަބޫމިންގް ރާކާ މަޤާމުގެ ހުވާކުރެއްވީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 10 ޖެހިއިރުއެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ އިންޑޮނޭޝިއާގެ ވެރިކަން ބަދަލުވުމާ ގުޅިގެން، ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ސުބިއަންޓޯއާ ވެރިކަން ހަވާލުކުރައްވާފައެވެ. އުމުރުން 73 އަހަރުގެ ސުބިއަންޓޯއަކީ އިންޑޮނޭޝިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ދުވަސްވީ ރައީސް ކަމުގައިވާއިރު، 37 އަހަރުގެ ޖިބްރާންއަކީ އެ ގައުމުގައި މިހާތަނަށް ނައިބު ރައީސްކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވުނު ރިޔާސީޔާސީ އިންތިޚާބުގައި ސުބިއަންޓޯ ވަނީ 58 އިންސައްތަ ވޯޓު ހޯއްދަވައިގެން ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުބިއަންޓޯ އަދާކުރެއްވީ އިންޑޮނޭޝިއާގެ ދިފާއީ ވަޒީރުކަމެވެ. އޭނާއަކީ އިންޑޮނޭޝިއާ ސިފައިންގެ ޖެނެރަލުންގެ ތެރޭގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު އަސްކަރީ ބޭފުޅެކެވެ.

ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި ސުބިއަންޓޯގެ ކެބިނެޓް މިއަދު މެންދުރުފަހު އިއުލާނުކުރައްވާނެ ކަމަށް ބެލެވެއެވެ. އާ ސަރުކާރުގެ ސިޔާސަތުތަކާއި އަމާޒުތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ޝައުޤުވެރިކަމާއެކު ބަލަމުންދާއިރު، އިންޑޮނޭޝިއާގެ އިޤްތިޞާދީ އަދި ސިޔާސީ މަޝްރަޙަށް އަންނާނެ ބަދަލުތަކާމެދު ސުވާލު އުފެދެމުންދެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy