ސަރުކާރުން 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

މިނިސްޓަރ ޒަމީރު

މި އަހަރުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް  ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފަސް ބިލިއަނެއްހާ ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ސީދާ އަދަދެއް ނިންމާނީ ރައީސް މުއިއްޒުގެ ލަފަޔާއެކު ކެބިނެޓުގެ މަޝްވަރާއަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ޚަރަދުތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ލިބުނު ދެ ބިލިއަނެއްހާ ރުފިޔާ ރެކޯޑުކޮށްފައި ނެތުން ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން މިދިޔަ އަހަރުގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭންޖެހިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، މަޝްރޫޢުތަކަށް ކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެޑްވާންސް ޕޭމަންޓު ދިނުމަށްފަހު ބަޖެޓުގައި ނެތް ޖާގައަކުން އެ ޚަރަދުތައް ހަމަޖައްސަން މަޖުބޫރުވާނެހެން މާލީ ހިސާބުތައް ބެލެހެއްޓުމަކީ ހެދި ގޯހެއް ކަމަށެވެ. މިދިޔަ އަހަރު ބިލުކުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން ހަމަޖައްސަން ޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ކަންކަމާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy