ނިމިދިޔަ ސަރުކާރުން އިޤްތިޞާދީ އޮޑި ދުއްވީ ފަށަނުގައި ދަށްބުޑު ނާޅާ، ފުރަތަމަވެސް ގޮސް އެއީ ފަރަށް

މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މި ޤައުމުގެ އިޤްތިޞާދީ އޮޑި ދުއްވީ އެ އޮޑީގެ ފަށަނުގައި ދަށްބުޑުވެސް ނާޅާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޒަރީރު ވިދާޅުވީ، ޤައުމުގެ ދަރަނި އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ޓެކްސްތައް ނަގަން ޖެހެނީ ރައްޔިތުންގެ ލާބައާ މަންފާއަށް ކަމަށާއި، އެކަން ކުރަން ޖެހެނީ ނިމިދިޔަ ސަރުކާރުން ކަން ކޮށްފައިވާ ގޮތުން ކަމަށެވެ.

ބޯދާ ޒަމާނުންސުރެ ކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު، ލޯނު ނަގަނީ ދެ ބޭނުމެއްގައި ކަމަށާއި، އެއް ބޭނުމަކީ ބަލި ޙާލަތު ބޮޑުވެ އަތުގައި ބޭސް ކުރެވޭނެ ގޮތެއް ނެތް ޙާލަތަށް މީހެއްގެ ޙާލަތު ދިއުން ކަމަށާއި، އަނެއް ގޮތަކީ ވިޔަފާރިއެއް ފެށުމަށްޓަކައި އަދި އޭގެން އާމްދަނީއެއް އިތުރު ކުރުމަށްޓަކައި މީހެއްގެ އަތުން ފައިސާ ނެގުން ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ފާއިތުވި 5 އަހަރަށް ބަލާއިރު މުޅި ދަޢުރުވެސް ނިމިގެން ދިޔައީ ދަޢުލަތުގެ ރިކަރަންޓް ޚަރަދު އިންތިހާއަށް މަތިކޮށް ކަމަށާއި، ކުރީ ސަރުކާރުން ލޯނުތައްވެސް ނަގާފައިވަނީ ދައުލަތުގެ ރިކަރަންޓް ޚަރަދު އިތުރުކުރުމަށް ކަމަށެވެ. އެއީ ދުނިޔޭގައި އެއްވެސް ޤައުމެއްގައި ކަން ކުރާ ގޮތެއް ނޫން ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން މާ ރަނގަޅު ކަމެއް ކުރެވިގެން އުޅޭ ވާހަކަ މިދިޔަ ސަރުކާރުގެ ބޭފުޅުން ދައްކާ ކަމަށާއި، ނަމަވެސް ޤައުމުގެ އިޤްތިޞާދުގައި ހިމެނޭ ހަރުމުދާތައް ބަހާލުމަކީ އިޤްތިޞާދު އެނގޭ ބަޔަކު ކަން ކުރާނެ ގޮތެއް ނޫން ކަމަށްވެސް މެމްބަރު ޒަރީރު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy