މާލެއާއި ފުނަދޫ ގުޅާލާ މޮނޮރޭލް އެޅުމަށް ޗައިނާގެ ބީޔޫސީޖީ އާއެކު ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

މާލެ ކައިރީގައި އޮންނަ ކ. ފުނަދޫގައި ގާއިމްކުރުމަށް ނިންމާފައިވާ އިކޮނޮމިކް ޒޯނުގެ ތެރެއިން މާލެއާއި ފުނަދޫ ގުޅާލާ މޮނޮރޭލް އެޅުމުގެ މަސައްކަތް ކުރުމަށް އެމްއޭސީއެލުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއޭސީއެލުން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމާއި އިގްތިސާދީ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫގެ ބޮޑު ބައެއްގެ ގޮތުގައި ހުޅަނގު ފަރާތުގެ ވިޔަފާރި މަރުކަޒާއި ރޭލް ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމަށް ބީޔޫސީޖީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިކަމަށް ހާއްސަކޮށްގެން ބޭއްވުނު ރަސްމިއްޔާތުގައި ބީޔޫސީޖީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރި ލުއޯ ވެއި އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.

މި ޕްރޮޖެކްޓަށް ފަންޑު ކުރާނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރެޓީ (އިފްޒާ)އިން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ، ފުނަދޫގައި ސީޕްލޭން ޓާމިނަލެއް ގާއިމްކުރަން ނިންމާފައި ވާކަމަށެވެ. އަދި ހުޅުލޭން ސީޕްލޭން ޓާމިނަލަށް ބްރިޖުއަޅާ ދަތުރުފަތުރު ކުރުމަށް މަގު ފަހިކޮށްދެއްވަނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy