އިންގްލެންޑް ބަލިކޮށް ގްރީސް އަށް ތާރީޚީ މޮޅެއް

އިންގުލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ދޭއްގައި ރޭ އިންގްލެންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 އިން މޮޅުވެ ގްރީސް ތާރީހީ މޮޅެއް ހޯދައިފިއެވެ.

މިއީ، ރަސްމީ މެޗެއްގައި ގްރީސް އިން އިންގްލެންޑް ބަލިކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން، އިންގްލެންޑާ ދެކޮޅަށް ގްރީސް އިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް ރޭގެ މެޗުގައި ގްރީސް އިން ވަނީ އިންގްލެންޑް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފައެވެ.

ރޭ ވެމްބްލީގައި ކުޅުނު މެޗުގައި ގްރީސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ވަންގެލިސް ޕަވްލީޑީސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ނަތީޖާ ހަމަހަމަކުރަން އިންގްލެންޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ.

އެއްވަރުވެގެން މެޗު ނިމޭނެ ކަމަށް ބެލެވިފައި އޮއްވައި، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޕަވްލީޑީސް ވަނީ އިތުރު ގޯލެއް ޖަހައި، އެ ޓީމަށް ތާރީޚީ މޮޅެއް ހޯދައިދީފަ އެވެ.

މި މެޗުގެ ކުރިން، ވަނީ ސުކޫތެއް ގެނެސްފަ އެވެ. އެއީ، ދާދި ފަހުން، މަރުވި، ގްރީސް ގައުމީ ޓީމުގެ ޖޯޖް ބަލްޑޮކްގެ ހަނދާނުގަ އެވެ. އިނގިރޭސި ދަރިކޮޅަށް ނިސްބަތްވާ، ބަލްޑޮކް މަރުވެފައި އޮއްވައި ފެނުނީ، ގްރީސްގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓްގެ ޕޫލްއަކުންނެވެ.

ޔޫރޯ އަށް ފަހު ގަރެތު ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން ވަގުތީ ގޮތުން، އެ ޓީމާ ހަވާލުވި، އިންގްލެންޑްގެ ޒުވާން ޓީމުގެ ކޯޗު، ލީ ކާސްލީ ހަވާލުވެ، ފުރަތަމަ ކުޅުނު ދެ މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އެއީ، އަޔަލެންޑާއި ފިންލެންޑް އަތުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy