ރާއްޖޭގެ ތަރައްޤީގައި ޔޫއެންޑީޕީގެ ދައުރު މުހިންމު: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ތަރައްޤީގެ މަގު ބައްޓަން ކުރުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ދައުރު މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖެ އާއި ޔޫއެންޑީޕީގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޔޫއެންޑީޕީއާ ދެމެދު އޮތް 45 އަހަރުގެ ގުޅުމަކީ ދިވެހި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ގުޅުމެކެވެ. އަދި މި ގުޅުން ބިނާވެފައިވަނީ ކުރިއެރުމާއި ތަރައްޤީ އަދި އިންސާނީ ކަރާމާތުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޔޫއެންޑީޕީގެ އޮފީހެއް 1978 ވަނަ އަހަރު ރާއްޖޭގައި ހުޅުވި އިރު، އަޅުގަނޑުމެންގެ މިސްރާބު ހުރީ ދެމެހެއްޓެނިވި ތަރައްޤީއާ ދިމާލަށް. ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި 2011 ވަނަ އަހަރު ބަދަލުވި އިރުގައި ޔޫއެންޑީޕީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވާ ތަސައްވުރުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި މި ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ޔޫއެންޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy