މެޑްރިޑް ޑާބީގައި އެތުލެޓިކޯ އިން ފަހު ވަގުތު އެއްވަރުކޮށްފި

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރިކަން ފެނިގެންދިޔަ

ސްޕެނިޝް ލަ ލީގާގެ މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި ފަހު ވަގުތު ލަނޑު ޖަހައި 1-1 އިން އެއްވަރުކޮށްފިއެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނެވެ. ރެއާލް މެޑްރިޑުން ލީޑު ނެގީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޑާ މިލިޓާއޯ ޖެހި ލަނޑުންނެވެ.

މެޗުގެ ބޮޑު ބައެއް ރެއާލް މެޑްރިޑުން ކޮންޓްރޯލް ކުރި ނަމަވެސް، އެތުލެޓިކޯ އިން މެޗު އެއްވަރުކުރީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ. އެ ލަނޑު ޖެހީ އެތުލެޓިކޯގެ އެންހެލް ކޮރޭއާ އެވެ.

މި ނަތީޖާއާ އެކު، ސްޕެނިޝް ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން އަށް މެޗު ކުޅުނުއިރު، ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ. ލީގުގެ ޕޮއިންޓު ތާވަލުގައި ބާސެލޯނާއަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މެޑްރިޑަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވެއެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފައެވެ.

މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައި އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މި މެޗާ އެކު ރެއާލް މެޑްރިޑުން ލީގުގައި ބަލިނުވެ މިހާރު ވަނީ 40 މެޗު ހަމަކޮށްފައެވެ. އެންމެ ފަހުން ރެއާލް ލީގުގައި ބަލިވީ، 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު، ހަމަ އެތުލެޓިކޯ އަތުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy