ސްކޫލްތަކުގެ ފުރަތަމަ ޓާމް ނިމި ދަރިވަރުންނާއި މުދައްރިސުން ޗުއްޓީއަށް

ސްކޫލުތަކުގެ ރިޕޯޓްފޯމްތައް މިއަދު ވަނީ ދޫކޮށްފައި

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި މުދައްރިސުން ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލުމަށްފަހު 10 ދުވަހުގެ ޓާމް ޗުއްޓީއަށް ގޮސްފިއެވެ.

މި ޗުއްޓީއަކީ އާންމުކޮށް ދަރިވަރުންނާއި މުދައްރިސުން ތަންތތަނަށް ދަތުރު ކުރުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ބޭނުންކުރާ ދުވަސްވަރެކެވެ. ސްކޫލްތަކުގެ މަސައްކަތް ނިންމާ ޗުއްޓީއަށް ދިޔައިރު، 2024/2025 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓް ފޮތް މިއަދު ވަނީ ދަރިވަރުންނަށް ދޫކޮށްފައެވެ.

ދެވަނަ ޓާމް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.

މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލްކޮށްފައިވާއިރު، މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅީ 2،081 ކުދިންނެވެ. އަދި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވެފައިވެއެވެ.

މި އަހަރު ސަރުކާރުގެ 162 ސްކޫލެއްގައި އެއްދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދެމުން ދާއިރު، ހަ ސްކޫލެއްގައި ސެޓެލައިޓް މަފްހޫމަށް ކިޔަވައިދެމުންދާކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގައެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy