މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން ބީއެމްއެލްއިން އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ.

މި ދެ ގެއަކީ އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި ވިއްކާލަން ނިންމާފައިވާ ގެތަކެކެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ސަންފްރަންޓް ލައިޓްޝޮޕް ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި މ. ބީޗްކޯނާއެވެ. މ. ނާއިންފަރުއާގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 13 މިލިއަން ރުފިޔާއެވެ. މިއީ 792 އަކަފޫޓުގެ ގެއެކެވެ. އަދި މ. ބީޗްކޯނާ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާއެވެ. މިއީ 927.33 އަކަފޫޓުގެ ގެއެކެވެ.

މި ދެ ގެ ވެސް ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. ބޭންކުން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތް ކަނޑައަޅާނީ ހުށަހަޅާ އަގު އެންމެ މަތީ އަގުގެ ގޮތުގައި ބަދަލެއް ނައިސް ފަސް ދުވަހުގެ މުއްދަތަކަށް އޮތުމުންނެވެ.

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް އެކަން އަންގާނެ ކަމަށާއި، ބޭންކުން އެކަން އަންގާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 10 ދުވަހުގެ ތެރޭގައި، ނުވަތަ ބޭންކުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި އެ ފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަން ޖެހޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy