ޓޮޓެންހަމްއިން ފަހަތުން އަރައި ބްރެންޓްފަޑް ބަލިކޮށްފި

ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރުން

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ ފަހަތުން އަރައި ބްރެންޓްފަޑް 3-1 އިން ބަލިކޮށްފައެވެ.

ސްޕާސްގެ ދަނޑު ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެންޓްފަޑް އިން ވަނީ މެޗު ފެށިގެން 23 ސިކުންތު ތެރޭގައި ލަނޑެއް ޖަހައި ކުރިހޯދާފައެވެ. ނަމަވެސް، ސްޕާސް އިން ވަނީ އޭގެ ފަހުން ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސްޕާސް އަށް މި މެޗުގައި ލަނޑު ޖަހައިދިން ކުޅުންތެރިންގެ ތެރޭގައި ޑޮމިނިކް ސޮލަންކީ، ބްރެނަން ޖޯންސަން އަދި ޖޭމްސް މެޑިސަން ހިމެނެއެވެ. މި ކާމިޔާބީއާއެކު ސްޕާސް މިހާރު ވަނީ ލީގު ތާވަލުގެ 10 ވަނައަށް ޖެހިލައިފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ސްޕާސް އިން ވަނީ މެޗްކާމިޔާބުގެ ލީގުގެ ދެވަނަ މޮޅު ހޯދާފައެވެ.

ރޭގައި ކުޅެވުނު އެހެން މެޗުތަކަށްބަލާއި އިރު ލިވަޕޫލުން ވަނީ 3-0 ން ބޯންމޯތު ބަލިކޮށްފައެވެ. ޗެލްސީ ވަނީ 3-0 ން ވެސްޓް ހޭމް ބަލިކޮށްފައެވެ. ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރިމެޗު ނިމިގެން ގޮސްފައިވަނީ 0-0 ން އެއްވަރުވެގެންނެވެ.

މި ލީގުގައި މިހަފުތާގެ ބޮޑުމެޗުގައި މިރޭ ބައްދަލުކުރާނީ މެންޗެސްޓާރ ސިޓީ އާއި އާސެނަލްއެވެ. މިމެޗު ފަށާނީ ރާއްޖޭގަޑިން 20.30 ގައެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

16 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

46 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy