ސެންޓަރުގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޓެކްސީ ހުއްދައަށް އަނެއްކާވެސް ބަދަލު ގެނެސްފި

ޓެކްސީ ކުރާނަމަ ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ

ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށް ސެންޓަރެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އަލުން ގަވާއިދު އިސްލާހުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ގަވާއިދަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުންނެވެ.

މިހާރު އަމަލު ކުރަމުން އަންނަ ޓެކްސީ ގަވާއިދު، 2022 ގައި އެންމެ ފުރަތަމަ ގެޒެޓް ކުރި އިރު، ޓެކްސީ ހުއްދަ ހޯދުމަށް ސެންޓަރެއްގައި ކާރު ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ނަމަވެސް، މިދިޔަ އަހަރު ސެޕްޓެމްބަރުގައި ގެނެވުނު އިސްލާހަކާ ގުޅިގެން ސެންޓަރުގައި ކާރު ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ބަދަލުކުރެވުނެވެ. އެ އިސްލާހާ ގުޅިގެން އޭރު ބައެއް ޓެކްސީ ޑްރައިވަރުން ނުރުހުން ވެސް ފާޅު ކުރި އެވެ.

އަލުން ގެނެވުނު އިސްލާހުގެ ދަށުން، ކާރު ޓެކްސީ ލައިސަންސްއަށް ދޫކުރާ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށްވާން ޖެހޭނެ އެވެ. އަދި ކާރު ޓެކްސީ ލައިސަންސްއަށް އެދޭއިރު، ޓެކްސީ ސެންޓަރުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.

ގަވާއިދުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާނީ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި ބަދަލު ތަންފީޒު ކުރަން މިހާރު ވާނީ ފަށައިފަ އެވެ.

މި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ކުރާނެ އަސަރާ މެދު އަދި ސާފު މަޢުލޫމާތެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، މި ބަދަލަކީ ޓެކްސީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy