އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާގައި 14 މީހުން ޝަހީދުވެ، 66 މީހުން ޒަޚަމްވެއްޖެ

އިސްރާއިލުގެ އުދުވާނީ ހަމަލާތަކަށް ހުއްޓުމެއްނެތް

އިސްރާއީލުން ދެކުނު ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި 14 މީހުން މަރުވެ، 66 މީހުން ޒަޚަމްވެއްޖެކަމަށް ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ދެކުނު ސަރަޙައްދުގެ ޖަމޫސް އަވަށުގައި ހުރި ޢާއްމުން ދިރިއުޅޭ އިމާރާތެއްގެ އެޕާޓްމަންޓަކަށެވެ.

އިސްރާއީލުގެ އިސް އޮފިޝަލެއް ބުނާގޮތުގައި މި ހަމަލާގެ އަމާޒަކީ ޙިޒްބުﷲގެ އިސް ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް އަޤީލްއެވެ. އިސްރާއީލުގެ ހަނގުރާމަވެރި ބާރުތަކުން ބުނެފައިވަނީ އަޤީލްގެ އިތުރުން ޙިޒްބުﷲގެ ހާއްސަ ރިޟްވާން ބާރުގެ އިސް ކޮމާންޑަރުންތަކެއް މި ހަމަލާގައި މަރާލެވުނު ކަމަށެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ބުނެފައިވަނީ މި ހަމަލާއިން އަނެއްކާވެސް ސާބިތުވަނީ އިސްރާއީލުގެ ޢަދުއްވުން އިންސާނީ، ޤާނޫނީ އަދި އަޚްލާޤީ އެއްވެސް މިންގަނޑެއް ނުބަލާކަމެވެ. އަދި އިސްރާއީލުން މިހާރު ކުރަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ ދީފައި މިވަނީ އިސްރާއީލުން ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި އިސްރާއީލުން ފަށާފައިވާ ގަތުލުއާންމުގައި މިހާތަނަށް ގާތްގަނޑަކަށް 41,300 މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy