ގިރާވަރާއި އުތުރުތިލަފަޅު ގުޅާލާ ބުރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން އޭއައިއައިބީއާ މަޝްވަރާކޮށްފި

--

ގިރާވަރާއި އުތުރު ތިލަފަޅު ބުރިޖަކުން ގުޅާލުމުގެ މަޝްރޫއުއާ ގުޅޭގޮޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއެކު މަޝްވަރާކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޒީރު ވަނީ އެ ބޭންކުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ބުރިޖުގެ މަޝްރޫއުއާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން ގިރާވަރު މެދުވެރިކޮށް ތިލަފުށިން ޔޫޓީއެފްއަށް ބްރިޖް ޕްރޮޖެކްޓްގެ ޕްރީ ފީސިބިލިޓީ ސްޓަޑީ ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

މި މަޝްރޫޢަކީ ކުރިއަށް އޮތް ތަނުގައި މި ސަރަޙައްދުގެ ގުޅުންތަކާއި ކުރިއެރުމަށް މަގުފަހިކޮށްދީ، އިޤްތިޞާދީ ކުރިއެރުމާއި ސަރަޙައްދީ ގުޅުން އިތުރުކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބުރިޖުގެ މަސައްކަތް 2026 ގައި ފަށައި 2029 އަށް ނިންމުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިހާރު ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުންދާ އިރު އެ ރަށްތަކަށް ބްރިޖަކުން މާލެއާ ގުޅާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިހާރު ވެސް މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy