ސަރުކާރުން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ތަޢާރަފްކޮށްފި

ކްރިއޭޓިވް އިކޮނޮމީ ފަންޑް ތައާރަފްކުރުން

ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން، ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތަޢާރަފްކޮށްފިއެވެ.

މި ފަންޑް އިފްތިތާޙްކޮށްފައިވަނީ ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ފަންޑުގެ ތެރެއިން ފިލްމް، މިއުޒިކް، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށް އެހީތެރިކަން ލިބޭނެއެވެ. އަންނަ އަހަރު ތެރޭގައި، ފަންޑު ފުޅާކޮށް އިތުރު ދައިރާތަކަށް ފުރުސަތު ފަހިކޮށްދޮށްދެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

މި ފަންޑުގެ އެހީތެރިކަމަށް އެދުމަށް އަންނަ އޯކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 5 އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަގުޗާޓެއްވެސް އިފްތިތާހްކޮށްފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy