ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ ސަރަހައްދު

އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި ހުންނަ ޓްރަމްޕް އިންޓަރނޭޝަނަލް ގޮލްފް ކްލަބް ކައިރީގައެވެ.

ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ބަޑި ހިފައިގެން ހުރި މީހާއާ 400-500 ޔާޑު ދުރުގައެވެ. ސިއްރު ސަރވިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަޑި ހިފައިގެން ހުރި މީހާ ފެނުމުން ސިއްރު ސަރވިސްގެ އޮފިސަރުން ވަނީ އޭނާއާ ދިމާލަށް ބަޑި ޖަހާފައެވެ.

ޓްރަމްޕްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވަން ޗުއަންގް ވިދާޅުވި ގޮތުގައި ޓްރަމްޕް ރައްކާތެރިކަމާއެކު ހުންނެވިއެވެ. މި ހާދިސާއާ ގުޅިގެން އެފްބީއައި އިން ވަނީ ތަޙުޤީޤު ފަށާފައެވެ. އެފްބީއައިގެ ބަޔާނެއްގައި ބުނެފައިވަނީ މިއީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ޖުލައި 13 ގައި ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ޓްރަމްޕްގެ ހަށިކޮޅަށް އަމާޒުކޮށް ބަޑިޖެހިތާ ދެ މަސް ފަހުންނެވެ. އެ ހާދިސާގައި ޓްރަމްޕްގެ ކަނާތު ކަންފަތް ޒަޚަމްވިއެވެ.

މި ހާދިސާއާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރައްކާތެރިކަމާއެކު ހުރި ކަމަށާއި، އަދި އެފަދަ އެއްވެސް ކަމަކުން އޭނާ މަޑުޖެހި، އަދި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ނައިބު ރައީސް ކަމަލާ ހެރިސްއަށް ވެސް މި ހާދިސާގެ މަޢުލޫމާތު ދީފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. ހެރިސް ވިދާޅުވެފައިވަނީ ޓްރަމްޕް ރައްކާތެރިކަމާއެކު ހުރި ކަމަށް އަޑުއިވުނީތީ އުފާވެވަޑައިގަންނަވާ ކަމަށާއި، އެމެރިކާގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy