ސްޓެލްކޯއިން ރީޑިން ނަގާ ގޮތާމެދު ޔާމީން ދެއްކެވި ވާހަކަތަކަށް ސްޓެލްކޯއިން ރައްދު ދީފި

ސްޓެލްކޯ

ސްޓެލްކޯއިން ރީޑިން ނަގާ ގޮތާއި ގޭގެއަށް ބިލް ކުރާ ގޮތާ މެދު ހިތްހަމަނުޖެހި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަށް އެ ކުންފުނިން އިއްޔެ ރައްދު ދީފި އެވެ.

ޕީއެންއެފްގެ އޮފީހުގައި ބޭއްވުނު ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ ސްޓެލްކޯއިން މިހާރު ގޭގެއަށް ގޮސް ރީޑިން ނުނަގާ ކަމަށެވެ. އަދި މާލޭގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ކޮންމެ އަހަރަކު އިތުރުވާ އިތުރުވުން ނުވަތަ 'ޕަވާ ގުރޯތު' އާންމު ގޭގެ ބިލްތަކަށް ބަހާލާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮންމެވެސް މީހަކު އެބަ ޖެހޭ މި މައްސަލަ މިހާރު ކޯޓަށް ވައްދަން... ރީޑިން ނަގަން ނުގޮސް، އާއްމު މީހާގެ އަތުން މި ޓެކްސް ނަގަނީ،" ޔާމީން ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރީޑިން ނެގުމަކާ ނުލާ އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުފޮނުވާނެ ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް ސްޓެލްކޯއިން ގޭގެއަށް ގޮސް މީޓަރުން ރީޑިން ނަގައި ބިލް ތައްޔާރުކޮށް އެ ފޮނުވަނީ އިޚްލާޞްތެރިކަމާ އެކު ކަމަށް ބުނެފައިވެއެވެ.

"މި އުސޫލުތަކާ ހިލާފަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފެތުރުމަކީ ހިތާމަ ހުރި ކަމެއް،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ އުސޫލާ ޚިލާފަށް ބިލް ކުރަމުންދޭތޯ ބެލުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އެހެން ފަރާތްތަކަށް ދަޢުވަތު ދޭ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްތާލާ ގޮތަށް "ޒިންމާދާރުކަން ކުޑަ ވާހަކަތައް" ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy