އީމާންތެރި އަޅުން ކަންކަމާ ކުރިމަތިލާނީ ކެތްތެރިކަމާއެކު: ހުކުރު ޚުތުބާ

ކޮންމެ ހުތުބާއަކީ އިބުރަތްތެރި ދަރުހެއް

މާތް ﷲ ސުބުހާނަހޫ ވަތައާލާއަށް ފުރިހަމައަށް އީމާންވާ އަޅެއްނަމަ ކަންކަމާއި ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުއާކުރުމާއެކުގައިކަމަށް މިއަދުގެ ހުކުރު ޚުތުބާގައި، ބަޔާންކޮށްފިއެވެ.

"ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މި މައުޟޫޢުގައި ދެވުނު ޚުތުބާގައި، ދުނިޔޭގެ ހަޔާތުގައި އިންސސާނާއަށް ދިމާވާ އެކި ހާލަތްތަކަކީ ﷲ ތައާލާގެ ސުންނަތްކަމަށާއި އިރާދަފުޅުކަމަށް ފާހަގަކުރެވުނެވެ.

ޚުތުބާގައި ވިދާޅުވިގޮތުގައި، "ﷲ ތައާލާއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުއާކުރުމާ އެކުގައެވެ. އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ ﷲ ތައާލާގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި އުނދަގޫ ކަމަކަށްފަހު ލުއިކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވައުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަގީންކުރާތީއެވެ."

ޚުތުބާގައި، އައްޔޫބު އަލައިހިއްސަލާމްގެ ވާހަކަ ބަޔާންކުރެވުނެވެ. އެކަލޭގެފާނަށް ﷲ ތައާލާ ދެއްވި ނިޢުމަތްތަކާއި، އޭގެފަހުން ދިމާވި ބަލިމަޑުކަމާއި ދަތިތަކުގައިވެސް އެކަލޭގެފާނު ދެމިހުންނެވި ކެތްތެރިކަމާއި ﷲ އަށް ކުރެއްވި ދުޢާތައް ފާހަގަކުރެވުނެވެ.

މީގެއިތުރުން، ޚުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. ދިމމާވާ ދަތިތަކުގައި ކެތްތެރިވުމަށާއި، ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ދުނިޔެވީ ކަންކަމުގައި މާބޮޑަށް ޣަރަޤުވެ ނުދިއުމަށާއި، އާޚިރަތަށްޓަކައި ޢަމަލު ކުރުމަށް ހަނދާންކޮށްދެއްވިއެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ޚުތުބާ ނިންމަވާލެއްވީ، ކީރިތި ޤުރުއާނުގައި މިފަދަ އިބުރަތްތެރި ވާހަކަތައް ﷲ ތައާލާ ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިސްލާހުކުރުމަށްޓަކައިކަން ހަނދާންކޮށްދެއްވަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy