ނ. މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އިމާރާތް ކުރަނީ

އެއްބަސްވުުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: މިނސްޓްރީ

ނ. މާފަރުގައި މުޅިން އަލަށް މޫސުމާބެހޭ އިދާރާ (މެޓް) އޮފީހެއް އެޅުމަށް އެންވަޔަރަމަންޓް މިނިސްޓްރީން  އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އދ. ގެ އެންވަޔަރަމަންޓް ޕްރޮގްރާމް މެދުވެރިވެގެން ސިސްޓަމެޓިކްޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) އާއެކު ވެފައިވާ އެއްބަސްވުމެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު، ތޯރިޤް އިބްރާހިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުޅުލެ، ހަނިމާދޫ، ކައްދޫ އަދި ގަން އެއަރޕޯޓުގައި ހުންނަ މެޓް އޮފީސްތަކުގެ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، އަޕްގްރޭޑް ކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ވެސް އެއްބަސްވުމުގެ ދަށުން ނ. މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ ޤާބިލުކަން އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ކާރިސާތަކަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ނިމުމުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުމާބެހޭ މަޢުލޫމާތު އިތުރަށް ފުރިހަމަވެ، ޤައުމީ ފެންވަރުގައި މޫސުމާބެހޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. 

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy