ވަޓްސްއެޕު ބޭނުންކޮށްގެން އިމިގްރޭޝަންގެ ނަމުގައި ސްކޭމެއް ހިންގާތީވެ ސަމާލުވުމަށް އެދިއްޖެ

އިމެގްރޭޝަންގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ވަޓްސްއެޕުން ވީޑިއޯ ކޯލްކޮށްގެން މީހުންގެ ފޭސް އައިޑީ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރު ނަންބަރަކުން އެ އިދާރާގެ ނަމުގައި އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. މި ކޯލްތަކުގައި ތިބެނީ އިމިގްރޭޝަންގެ ޔުނިފޯމާ ވައްތަރު ޔުނިފޯމެއްގައި މާސްކު އަޅައިގެން ތިބޭ ބަޔަކު ކަމަށާއި، ފަހަތުގައި އިމިގްރޭޝަންގެ ބެކްޑްރޮޕެއް ވެސް ފެންނަން ހުންނަ ކަމަށް ބުނެފައިވެއެވެ.

މި ސްކޭމް ކޯލްތައް ކުރަނީ ޕާކިސްތާނުގެ ނަންބަރަކުން (+923481077883) ކަމަށާއި، އައިޑީ ކާޑާއި ބޭންކް ކާޑު ނަންބަރު ހޯދުމަށް މަސައްކަތްކުރާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މިފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި، އަމިއްލަ މަޢުލޫމާތު ހިއްސާނުކުރުމަށެވެ.

މި މައްސަލަ ފާހަގަކުރެވިފައިވަނީ އިމިގްރޭޝަނުން މިހާރު ހިންގަމުންދާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ އޮޕަރޭޝަނެއްގެ ތެރޭގައެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ބިދޭސީން ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިފަދަ ޝައްކުވާ ކޯލްތަކާ ގުޅޭ މަޢުލޫމާތު ލިބިއްޖެނަމަ ވަގުތުން އިމިގްރޭޝަނަށް އެންގުމަށް ވެސް އެދިފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy