ގައިދީން މިނިވަން ކުރުމަށް ގޮވާލައި 750،000 އިސްރާއީލު މީހުން މަގުމައްޗަށް

މުޒާހަރާގެ ބައިވެރިން މިފަހަރު ތިބީ ދޫދޭގޮތަކަށް ނޫން

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ގައިދީން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ގޮވާލައި އިސްރާއީލުގެ 750،000 މީހުން ތެލްއަވީވްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގައި މިހާރު ކުރިއަށްދާ މި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިސްރާއީލު މީހުން ދޫކުރުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް އައުމަށެވެ. މި މުޒާހަރާ މިހާ ބޮޑުވެފައިވަނީ ފާއިތުވި ހަފްތާގައި އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައިވާ ބިމުއަޑީގެ މަގަކުން އިސްރާއީލުގެ 6 މީހެއްގެ ހަށިގަނޑު ފެނުނު ކަމަށް ބުނުމާ ގުޅިގެންނެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކުން ބުނަނީ މި މީހުން ދޫކުރުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް ނާދެވެނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫގެ ސަރުކާރުގެ އިހުމާލުން ކަމަށެވެ. އިސްރާއީލު ސިފައިން ބުނާ ގޮތުގައި ޣައްޒާގައި މިހާރުވެސް އިސްރާއީލުގެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ތިބިއިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މަރުވެފައިވާ ކަމަށް ލަފާކުރެއެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން އެމީހުންގެ އަޑުއަހައި، މިހާރު ގެންގުޅޭ ސިޔާސަތު ބަދަލުކުރަންދެން މުޒާހަރާ ކުރިއަށް ގެންދާނެއެވެ. ޣައްޒާގައި ހިފަހައްޓާފައި ތިބި މީހުން އަނބުރާ ގެނައުމަށް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން ކަމަށް ގިނަ އަދަދެއްގެ އިސްރާއީލު މީހުން ދެކޭކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy