އިންޑިއާގައި އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނި، ހަރުދަނާ ފިޔަވަޅުތައް އަޅައިފި

އެމްޕޮކްސް ބައްޔަށް އިންޑިއާ ވަނީ ތައްޔާރުވެފައި

އިންޑިއާގައި އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނި، އެ މީހާ ހޮސްޕިޓަލެއްގައި އެކަހެރިކުރެވި، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ދީފިއެވެ.

އާބާދީ 1.4 ބިލިއަނުގައި އުޅޭ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި މިހާތަނަށް އެމްޕޮކްސްގެ އެއްވެސް ކަށަވަރު ކޭސްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް، އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނުމާ ގުޅިގެން އެ މީހާ ވަނީ އެކަހެރިކޮށްފައެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވަނީ މިހާރު އެމްޕޮކްސް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ގައުމަކަށް ދިޔަ އިންޑިއާގެ ޒުވާނެއް" ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައްޔަށް ޝައްކުކުރެވޭ މީހާގެ ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށާއި، އެ މީހާއަށް ޖެހިފައިވަނީ އެމްޕޮކްސްތޯ ކަށަވަރުކުރުމަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިނިސްޓްރީން ވަނީ ހާސްވާންޖެހޭ ކަމެއް ނެތް ކަމަށާއި އިންޑިއާ އޮތީ އެމްޕޮކްސްގެ މައްސަލައިގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.

"މިހެން މީހަކު ކުރާ ދަތުރެއްގައި އެމްޕޮކްސް ޖެހިދާނެ ކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުޅި އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި," ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި "ކުރިމަތިލާން ގައުމު ފުރިހަމައަށް ތައްޔާރަށް އޮތްއިރު، ކުރިމަތިވެދާނެ ނުރައްކަލެއް މެނޭޖްކޮށް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެބަހުރި" ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެމްޕޮކްސްގެ ކްލޭޑް 1ބީގެ އާ ސްޓްރެއިނެއް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެންމެ މަތީ ބައިނަލްއަގްވާމީ އެލާޓް ލެވެލް އިއުލާންކޮށްފައެވެ. މީގެ އިތުރުން، އޭޝިއާ އާއި ޔޫރަޕުން ވެސް އެމްޕޮކްސްގެ ކޭސްތައް ފެނިފައިވާކަ ން އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

8 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

38 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy