ޤައުމިއްޔަތު އުގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ: ނައިބު ރައީސް

މިއަދުގެ ޖަލްސާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ؛ ފޮޓޯ:ރައީސް އޮފީސް

ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ށ. މާއުނގޫދޫގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުމާއި ލިޔެކިޔުމުގެ އުފާވެރިކަމާއި ފަޚުރުވެރިކަން ކުޑަކުދިންނަށް ވިސްނައިދިނުމަށް ބާރުއެޅުއްވިއެވެ.

ސަރުކާރުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތޔާސަތަށް އަލިއަޅުވާލައްވަމުން، ނައިބު ރައީސް ވިދާޅުވީ ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރުމާއި ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. މީގެއިތުރުން، ޤައުމުގެ އަމާންކަމާއި އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނުގެ ޤައުމީ ޚިދުމަތްތަކަށް އިޝާރާތްކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި ކަމަށާއި، މިއީ ޤައުމީ ދުވަހު އެންމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމުގައެވެ.

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވުނު މި ރަސްމީ ޖަލްސާގައި ށ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެންމެ ހިންގުންތެރި ކޮމިޓީތަކަށް "މާރެސް" އެވޯޑް ހަވާލުކޮށްދެއްވުންވެސް އޮތެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy