ޖުޑީޝަރީގެ އިދާރީ އިސް ވެރިޔާ އިސްތިއުފާ ދެއްވައިފި

އައިޝަތު ރިޒުނާ

ޖުޑީޝަރީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރިޒުނާއާ ގުޅޭ ޝަކުވާތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބި އެ މައްސަލަ ބަލަމުން ދަނިކޮށް ރިޒުނާގެ އިސްތިއުފާ ސިޓީ އެ ކޮމިޝަނަށް ފޮނުވީ މިއަދެވެ.

ޖޭއެސްސީން ރިޒުނާއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއެއް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މައްސަލައެއްގައި ގޮތެއް ނިންމުމަށް ފަހު ނޫނީ ޖޭއެސްސީން އެއްވެސް މައްސަލައެއްގެ ތަފްސީލް ނުދިނުމުގެ ސިޔާސަތު ގެންގުޅޭތީ މިކަމުގައި ވެސް ރަސްމީކޮށް އެއްވެސް ބަހެއް ނުލިބެ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައިވާ ރިޒުނާ ޖުޑީޝަރީގެ އިދާރީ އިސް ވެރިޔާގެ މަގާމަށް އައްޔަން ކުރީ 27 ސެޕްޓެމްބަރު 2020ގަ އެވެ. އެއީ ކުރީގެ ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލަކުން އެ މަގާމު ހުސްވުމުންނެވެ. ރިޒުނާގެ ކުރިން އެ މަގާމުގައި ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް އިސް މަގާމުތަކެއް ފުރުއްވި ޑރ. އަބްދުﷲ ނަޒީރެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy