ވެމްކޯ ރިސޯޓުތަކާ ދިމާއަށް - އަމާޒަކީ މުޅި ރާއްޖެ ސާފުކުރުން!

ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް

ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޤައުމެއްގެ ގޮތުގައި ދެމިއޮންނަ ބޭނުންނަމަ، ރިސޯޓުތަކުގައި އުފެދޭ ކުންޏަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް (މުޖޭ) ވިދާޅުވެއްޖެއެވެ.

މުޖޭ މިފަދައިން ވިދާޅުޥީ، ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮބާގެ ނަމުގައި އޮފީސްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެއްޓީ. އަދި އޭގެ އިތުރުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ރާއްޖޭގައި 170 ވަރަކަށް ރިސޯޓް އޮޕަރޭޝަންގައި ހިންގަމުންދާއިރު، އޭގެތެރެއިން ތިލަފުއްޓާ ހަމައަށް އަންނަ ކުންޏަކީ ނިޞްބަތުން ވަރަށް މަދު ކުންޏެއް. އޭގެ މާނައަކީ މި ކުނި ކޮންމެވެސް އެހެން ދިމަދިމާލެއްގައި އެބަ ހުރެޔޭ. ވެމްކޯއާ ހަމައަށް ނައިސް. ތިލަފުއްޓާ ހަމައަށް ނައިސް - މުޖޭ ވިދާޅުވިއެވެ.

ވެމްކޯއިން މިޚިދުމަތް ފެށީ މިދިޔަ ޖުލައި މަހު 27 ވަނަ ދުވަހުއެވެ. އެގޮތުން މިއަދާ ހަމައަށް މިޚިދުމަތް ހޯދާ ފަރާތްތަކުގެތެރޭގައި ހ.މުރައިދޫގެ، ހައްޖު ކޯޕަރޭޝަން، ބަންޑާރަ ނައިބުގެ އޮފީސް ހިމެނެއެވެ. މީގެ އިތުރުން މި ޚިދުމަތް ހޯދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސްވަނީ ވެމްކޯއާއެކު ސޮއިކޮށްފައެވެ. މިއާއެކު 4 ތަނަކަށް ޚިދުމަތް މި ޚިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ.

big_PaeIkF9JlNEdTo183aE0DCFF9.jpg


ވެމްކޯގެ އަމާޒަކީ ވީހާވެސް ގިނަ އިދާރާތަކަށް ޚިދުމަތް ފުޅާ ކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް އިތުރު 7 ތަނަކާއެކު ޚިދުމަތް ދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

މިޚިދުމަތް ފެށުމަށް ގިނަ ބަޔަކާއެކު ކުރެވުނު މަޝްވަރާތަކުގައި، ކުނި އުކުމަށް ހޭދަ ކުރާ މިންވަރާއި އަޅާބަލާއިރު މިޚިދުމަތުގެ އަގު ދަށްކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ތިމާވެއްޓާ ރައްޓެހި ޤައުމަކަށް މި ޤައުމު ހަދާކަމުގައިވަންޏާމު، ފަތުރުވެރިކަމުގެ ނިޒާމުގައި އެބަ ޖެހޭ ކުންޏަށް ގޮތެއް ހޯދައިދޭން. ރިސޯޓުތަކަށް ގޮތެއް ހޯދައިދޭން. އެހެންވީމަ މިހާރު ވެމްކޯއިން ރިސޯޓަށް ގޮސް ކުނި ނަގައިގެން އަޅުގަނޑުމެންގެ ރީޖަނަލް ފެސިލިޓީސްތަކަށް އެބަ ގެންދަން - ރޭގެ ޕްރޮގްރާމްގައި މުޖޭ ފާހަގަ ކުރެއްވިއެވެ.

ރ.އަތޮޅުގައި މިހާރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ބައެއް ރިސޯޓުތަކާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް މުޖޭ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy