ދިވެހިންގެ އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ އެންމެ އަގުހުރި ތަރިކައަކީ ރިވެތި އަހުލާގާއި، އިސްލާމްދީނަށް ކުރާ ލޯބި ކަމަށާއި އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު  އެންމެންގެ މަދަދުވެރިކަމާއެކު އަލުން މި ރާއްޖޭގައި ހުޅުދާންކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ބާޖަވެރިކަމުގައި އިސްލާމްދީން އަދާކުރާ އެންމެ މުހިންމު އެއް ދައުރަކީ އަހުލާގުގެ ދައުރު ކަމަށާއި މުޖުތަމައުއެއް އިސްލާހު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެސް އެ ބައެއްގެ އަހުލާގު ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޤައުމުގައި އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭކަމުގައެވެ. އަދި މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއްކަމުގައި ފާހަގަކުރައްވައި އޭރުގެ ދިވެހިންގެ އާދަކާދަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"ގައުމެއްގައި ނަމަ، އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަހްލާގު. ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާއިރު މިއީ އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ އެކަކު އަނެއްކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާށޭ. ބުނާނެ ހެޔޮ ބަހެއް ދުލަަށް ނާންނަ ނަމަ، ހަނު ހުންނާށޭ. އަދުގެ މުޖުތަމައު އޮތީ ކިހިނެއްތޯ؟،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ވަކި އައިޑެންޓިޓީއެއް އެބަ އޮތް ކަމަށާއި އެކަންކަން ގެއްލިގެން ގޮސްގެން ނުވާނެ ކަމަށެވެ. ގައުމީވަންތަ ކަން ދަމަހައްޓަން އެންމެ ފުރަތަމަ މަސައްކަތް ފައްޓަންވީ އަމިއްލަ މީހާއާ ހިސާބުން ކަމަށާއި އެއަށް ފަހު އެހެން މީހުންނަށް ވިސްނައިދީ، އެކަންކަން ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމުގެ އެއް މާނައަކީ މީހުން ކަމަށާއި ގައުމެއް ސަލާމަތް ކުރުމުގައި އެންމެ މުހިންމު ކަމަކީ މީހުން ސަލާމަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގާ ދީނާ ހިލާފު، މިނިވަންކަމާ ދެކޮޅު ކަންކަމުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy