މޫޑީސް، އާއި ފިޗް ހިމެނޭހެން 6 ރޭޓިން އެޖެންސީއަކަށް އެމެރިކާއިން އަދަބުދީފި

އެމެރިކާއިން ވަނީ މޫޑިސް އާއި މެދު ފިޔަވަޅު އަޅާފަ

މޫޑީސް، އާއި ފިޗް ހިމެނޭހެން 6 ރޭޓިން އެޖެންސީއަކަށް އެމެރިކާގެ މާކެޓް ރެގިއުލޭޓާ ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން އަދަބު ދީފިއެވެ.

މި އަދަބު ދިނީ އެ އެޖެންސީތަކުން ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.

އެސްއީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ހަ ރޭޓިން އެޖެންސީ ޖުމްލަ 49 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ އެ ފާމްތަކާއި އެތަންތަނުގެ ވެރިން އުސޫލުތަކާ އެއްގޮތަށް އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ގާއިމުކޮށްފައި ނެތުމާއި އެ ކަންކަމުގެ ރެކޯޑް ވެސް ނެތުމުންނެވެ.

އެންމެ ބޮޑު އަދަބު ދީފައިވަނީ އެމެރިކާގެ އެންމެ ބޮޑު ތިން ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސް، އެސް އެންޑް ޕީ އަދި ފިޗް އަށެވެ. މޫޑީސް އާއި އެސް އެންޑް ޕީ އިން ކޮންމެ ބަޔަކު 20 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައިވާއިރު، ފިޗް އިން ވަނީ އަށް މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައެވެ.

އެސްއީސީން ބުނެފައިވަނީ، މި ކުންފުނިތަކުގެ އަމަލުތަކަކީ ފެޑެރަލް ސެކިއުރިޓީޒް ގާނޫނުގެ ރެކޯޑް ބެލެހެއްޓުމުގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ހުރިހާ ކުންފުންޏަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމަށް އެ ކުންފުނިތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy