އަތުހަރު ދަންޖެހިފައި އޮއްވާ ފެނުމުން ހޮސްޕިޓަލަށް ގެންދިޔުމަށް ނެގީ 23 މިނެޓު

އަތުހަރު

ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ އަތުހަރު ދަންޖެހިފައި އޮއްވާ ފެނުމުން ހޮސްޕިޓަލަށް ގެންދިޔުމަށް 23 މިނެޓު ހޭދަވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފިއެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިއްޔެ ރޭ 19:02 ގައި ޖަލުގައި ހަރުކޮށްފައިވާ ކެމެރާއިން އަތުހަރު ދަންޖެހިފައި އޮއްވާ ފެނުނެވެ. އޭގެ 3 މިނެޓުގެ ތެރޭގައި ގޮޅިއަށް ވަދެ އަތުހަރު ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރުނެވެ. ދެން 1 މިނެޓުގެ ތެރޭގައި ދޫނިދޫ ކުލިނިކަށް ގެންގޮސް ހާލު ބެލުމަށްފަހު، 19:25 ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެންދެވުނެވެ.

އަތުހަރަކީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ލޯބިވެރިޔާ ރަހީނުކޮށް ކަރުގައި ވަޅިޖެއްސުމަށްފަހު ސައިކަލަށް އަރުވައިގެން ދަނިކޮށް ފުލުހުން ހައްޔަރުކުރި މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނިންމާފައެވެ.

މި ހާދިސާއަށްފަހު ނަފްސާނީ ޑޮކްޓަރުންނަށް ދެއްކުމުން އަތުހަރަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ނޫންކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy