ބްރިޖުގެ ލޭނެއް މަދުނުވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ލޭނުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ބްރިޖު ނުހުޅުވާން އުޅުއްވި ކަމަށާއި އެކަމަކު ބްރިޖުން އެއްވެސް ލޭނެއް މަދުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް އެމަނިކުފާނާ ހަވާލުކުރެވުނީ 2014ގެ އޮކްޓޫބަރު ހިސާބުގައި ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަދަލެއް މަޝްރޫއަށް އައިސްފައިނުވާ ކަމަށާއި، އެންމެ ފުރަތަމަ ވެސް ކޮޅަކަށް ދެ ލޭން އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއު ނިމެން ގާތްވެފައި ވަނިކޮށް ސައިކަލް ދުއްވަން ވަކި ލޭނެއް އޮންނަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އެކަން ބަދަލުކުރެވޭތޯ ޗައިނާ ސަރުކާރާއެކު ވެސް މަޝްވަރާކުރެއްވި ނަމަވެސް، އެކަން ނުވުމުން ޔާމީން ހިތްހަމަޖެހިވަޑައިނުގަތް ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސައިކަލު ދުއްވާނެ ލޭނެއް ނެތުމުން ބްރިޖު ނުހުޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ކުރާނެ އަސަރު ވިސްނިވަޑައިގެން އެ ނިންމުން ބަދަލުކުރެއްވުމަށް އެދިވަޑައިގަތުމުން ވެސް ގަބޫލުނުކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އެ ވާހަކައިގެ ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރި. [އަބްދުއްރަހީމް] އެ ވިދާޅުވީ ރަނގަޅަށް ހަމަ. ރޮވުނު ހަމަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ފަހުން ޔާމީން ގެއަށް ވަޑައިގަތުމަށްފަހު ފޯނުކުރައްވާ އެ ނިންމެވުމާމެދު އަލުން ވިސްނަވާވަޑައިގަތުމަށް އެދިވަޑައިގަތް ކަމަށާއި، އޭގެ ފަހުން ބްރިޖު ހުޅުވުމަށް އެއްބަސްވެވަޑައިގަތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މަހަކު އެއް ފަހަރު މަސައްކަތު ސައިޓަށް ގޮސްގެން ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ދިޔައީ ބަލަމުން ކަމަށެވެ. އެމަނިކުފާނަކީ ހަވާލުކުރައްވާ ޒިންމާއެއްނަމަ ވީހާވެސް ރަނގަޅަށް ކުރެވޭތޯ އޭރުވެސް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

މަސައްކަތް ކުރެއްވީ ދީފައިވާ މުއްދަތު ތެރޭގައި ކޮލިޓީ ރަނގަޅުކޮށް ނިންމުމަށާއި، ބަޖެޓުގެ ތެރެއިން ނިންމުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަޝްރޫއު ނިންމަން އޮތް މުއްދަތަށްވުރެ ދެ މަސް އަވަސްކޮށް މަޝްރޫއު ނިންމާލާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy