ރަހީނުކުރުމުގެ ހާދިސާ: ފުލުހުންގެ މަސައްކަތަށް ސީޕީ ތައުރީފުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު

ރޭ ހިނގި ރަހީނުކުރުމުގެ ނުރައްކާތެރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު މިއަދު އެ ފަރާތްތަކުގެ މަސައްކަތަށް ތައުރީފުކުރައްވައިފިއެވެ.

މި ހާދިސާގައި، މަރާލާނެ ކަމުގެ އިންޒާރުދީ ކަރުގައި ވަޅި ޖައްސައިގެން ރަހީނުކުރި އަންހެންމީހާ ސަލާމަތް ކުރުމަށް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވިއެވެ. ފުލުހުންގެ މަސައްކަތުން އަންހެންމީހާއަށް މާ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެ، އެ ޢަމަލު ހިންގި ފިރިހެންމީހާ ހައްޔަރުކުރެވުނެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ބައްދަލުވުމެއްގައި ސީޕީ ޝުޖާއު ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލްކަމާއެކު ހާދިސާގެ ނުރައްކާތެރިކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އަންހެންމީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފިރިހެންމީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަންހެންމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގައި ފަރުވާދެވުނެވެ. ސީޕީ ޝުޖާއު ވަނީ އޭނާއާ ބައްދަލުކޮށް ހާލު ބައްލަވާފައެވެ.

ފުލުހުން މި މައްސަލަ ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy