އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށާއި މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި ދަމަހައްޓައި ރިޒާވު 606 މިލިއަން ޑޮލަރަށް ގެންދެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީސީ ޕްލަސް އިން ސީސީ އަށް ދަށްކުރުމާ ގުޅިގެން އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވާފައިވާ ކަންތައްތަކާ އެކު އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖޭގެ ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ޖުލައި މަހާއި މި އަހަރުގެ އެ މުއްދަތުގައި ހިމެނޭ ބައިތައް ތަފާތު ކަމަށެވެ. މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައި ކަމަށާއި، ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ނިޔަލަށް ޔޫޒަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަރުކާރާ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ. މީގެ އިތުރުން ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމްކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، އެރޭންޖްމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ގުޅުން ހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy