ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމި ނިންމުން ރައީސުލްޖުމުހޫރިއްޔާ ބާތިލްކުރައްވައިފި

ރާއްޖޭގެ ގިނަ މަސްވެރިން ލޭނު މަސްވެރިކަމާއި ދެކޮޅު

ލޭނު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް  ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވެފައިވާ ގޮތުގައި މި ނިންމެވުން ނިންމަވާފައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ރައީސްއަށް ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުމާ ގުޅިގެން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ކަމާ ގުޅުންހުރި އެހެނިހެން މުހިންމު ފަރާތްތަކާއެކު އިތުރު މަޝްވަރާތައް ކުރެއްވުމަށް ރައީސް ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

"ސަރުކާރުން އަބަދު ވެސް މަސައްކަތްކުރަމުން ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނަސްދިނުމަށް" ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ލޭނު މަސްވެރިކަންކުރަން ހުޅުވާލަން ނިންމީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ ގަވާއިދެއް އެކުލަވާލައި އާންމުންގެ ޚިޔާލަށް ހުޅުވާލާފައެވެ.

ނަމަވެސް، މިއަދު ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު، 13 ޖޫންގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ލޭނު މަސްވެރިކަމަށް ހުޅުވާލުމުގެ ނިންމުމަށް އަމަލުކުރުން ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy