ޖަލުގައި މަސައްކަތްކުރާ ގައިދީންގެ ހުކުމުން ދުވަހެއް އުނިކުރަން ނިންމައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން

ޖަލުގައި ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް، އެ މީހުންގެ ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި އަލަށް ހުޅުވުނު "ސަގާފީ އަވަށް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު އިހުސާން ވިދާޅުވީ މި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ. ރައީސްގެ އިރުޝާދަކީ، ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް، ފަންނުވެރި މަސައްކަތެއް ދަސްކޮށްގެން، އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން ގައިދީން ވީ އެންމެ އަވަހަކަށް ޖަލުން ނުކުމެވޭނެ ގޮތެއް ބެލުމެވެ.

އިހުސާން ވިދާޅުވީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަހު ބެހެއްޓުމަކީ ބޭނުންވާ ގޮތް ނޫން ކަމަށެވެ. "ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް އެ ފެށުނީ. ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ގޮތުގައި ނުކުމެ، ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް," އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ކަރެކްޝަންސް އިން ޕްރޮޓޮކޯލްތަކާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަން ކުރާނީ މި މަގްސަދު ހާސިލުވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަގާފީ އަވަށުގައި ގައިދީން ތައްޔާރުކުރާ ތަކެތި މާފުއްޓާއި އެއާޕޯޓުގައި ވެސް ޓޫރިސްޓުންނަށް ވިއްކައި އެއިން ބައެއް އާމްދަނީގެ ގޮތުގައި ގައިދީންނަށް ދޭން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޖަލުތައް ފެންނާނީ، ވަރަށް ހަރަކާތްތެރި، އުފެއްދުންތެރި ތަންތަނުގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު ވެސް އެތައް ހާސް މީހުން ޖަލަށް ވައްދާއިރު އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި، މަހެއްގެ މައްޗަށް ކޮންމެ ގައިދީއަކަށް 27،000 ރުފިޔާ ހަރަދުވާ ކަމަށެވެ. މި ކަމަށް ހައްލެއް ގެނައުމަށް ރައީސް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި އާ ޖަލެއް ގާއިމުކުރުމަށް ކަމަށާއި، މި ޖަލު އަޅާނީ މާލެ ސަރަހައްދުގައި ހިއްކާ ބިމެއްގައި ބްރިޖުން ދަތުރުކޮށްފައި ދެވޭ ހިސާބެއްގައި ކަމަށެވެ. އުއްމީދަކީ ތިން އަހަރުގެ ތެރޭގައި އެތަން ނިންމައި ބޭނުން ކުރެވޭ ވަރުވުން ކަމަށާއި، އޭރުން ގައިދީންނަށް ކުރާ ހަރަދު ކުޑަވެ، ބޮލަކަށް ޖެހޭވަރު 17،000 ރުފިޔާއަށް މަދުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy