ސްޓެލްކޯއިން އާ ހޮޓްލައިނެއް ތަޢާރަފުކޮށްފި

ސްޓެލްކޯ:އެތައް ރައްޔިތުންގެ އުންމީދާއި ގުޅީފައިވާ ކުންފުންޏެއް / ފޮޓޯ:ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އާ ހޮޓްލައިނެއް ތަޢާރަފުކޮށްފިއެވެ.

މި ހޮޓްލައިންގެ ނަންބަރަކީ 1545 އެވެ.

ސްޓެލްކޯއިން މިއަދު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހޮޓްލައިނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ތަޢާރަފުކުރި ނަންބަރެއް ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މި ހޮޓްލައިން މެދުވެރިކޮށް އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅުންހުރި މަޢުލޫމާތު ލިބޭނެ ކަމަށެވެ. އަދި ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމުގައިވެސް މި ހޮޓްލައިން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ސްޓެލްކޯ ކެއާގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބަޔަކު ސްޓެލްކޯއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން، ސްޓެލްކޯގެ ކަރަންޓު ބިލުތަކާ މެދު އާންމުންގެ ޝަކުވާ ހުށަހަޅަން މި އަހަރު ވަކި ނަންބަރެއް ތަޢާރަފުކޮށްފައި ވެއެވެ.

މި އާ ހޮޓްލައިން ތަޢާރަފުކުރުމަކީ ސްޓެލްކޯއިން ރައްޔިތުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކޮށް، ފަސޭހަކުރުމަށް އަޅާ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy