ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް / ފައިލް ފޮޓޯ:ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ މި ފަހުން ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ނުރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ ދެތިން ރޭ ކުރިން އައިޖީއެމްއެޗަށް ވަޑައިގަތީ، އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އަދި ސިންގަޕޫރަށް ވަޑައިގަންނަވަނީ މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ދެ ދުވަހަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy