މާލޭ ބަނދަރުން ވަގަށް ނެގި ރިހާކުރު ޓައްޕުތައް ފުލުހުން ހޯދައިފި

މާލޭގެ ބަނދަރުގައި ހުންނަ ދޯނިތަކުން ބައެއްފަހަރަށް ބޮޑަތި ވައްކަންތައް ކުރަމުންގެންދޭ

މާލޭ ބަނދަރުގައި އޮތް ބޯޓަކުން ވަގަށް ނަގައި، މީހަކަށް ވިއްކާލާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުސް އޮފީހުން މިރޭ ބުނި ގޮތުގައި މި ވައްކަން ރިޕޯޓުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި ވިއްކާލާފައިވާ ރިހާކުރު ޓައްޕުތައް ހޯދީ ސީސީޓީވީގެ އެހީގައި ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ފުލުސް އޮފީހުން އިތުރަށް ބުނި ގޮތުގައި، ރިހާކުރު ޓައްޕުތައް ހޯދީ، މީހަކަށް އެ ވިއްކާލައި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. އަދި މި ރިހާކުރު ޓައްޕުތަކުގެ އަގު 50،000 ރުފިޔާއަށް އަރާނެ ކަމަށް އޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ވައްކަމުގެ މައްސަލަ ބެލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފަދަ ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ފުލުސް އޮފީހުން ބުނެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy