ބިދޭސީން ހިންގަމުންދިޔަ މަޝްހޫރު ސެލޫންތަކެއް ބަންދުކޮށް، ވެރިން ޑީޕޯޓުކޮށްފި

ސުޝްމިތާ ދައުގޮދާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ /ފޮޓޯ:އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ މަޝްހޫރު ދެ ސެލޫނެއް ބަންދުކޮށް، އެ ސެލޫންތައް ހިންގަމުންދިޔަ ފަރާތްތައް ޑީޕޯޓުކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ޕޯސްޓުކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ ދެ ސެލޫނެއް ބަންދުކޮށް، އެކަމުގައި ހަރަކާތްތެރިވަމުންދިޔަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ޑީޕޯޓުކުރެވުނު ފަރާތްތަކުގެ ތެރޭގައި މެޖެސްޓިކް ބިއުޓީ ސެލޫން ހިންގަމުން އައި ރަޖަނީ ޝްރެސްތާ އާއި އޭނާއާއެކު މަސައްކަތްކުރަމުންދިޔަ ހަތަރު ބިދޭސީ މުވައްޒަފުން ހިމެނެއެވެ. މި ފަރާތްތައް ޑީޕޯޓުކޮށްފައިވަނީ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން މިދިޔަ ހަފުތާގައެވެ.

އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ސުޒޫ ބިއުޓީ ސެލޫން ހިންގަމުންދިޔަ ސުޝްމިތާ ދައުގޮދާ (އާންމު ނަމުން ނަމަ ސުޒޫ) ވެސް ވަނީ ޑީޕޯޓުކޮށްފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ސުޝްމިތާ އަތުލައިގަތީ އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހަފުތާގެ އާދީއްތަ ދުވަހު ހިންގި ޚާއްޞަ އިންސްޕެކްޝަނެއްގައެވެ. އޭނާއަކީ ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އައި ފަރާތަކަށްވާތީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، 20 އޮގަސްޓު 2023 ގައި ވަނީ ފުރުވާލާފައެވެ.

ސުޝްމިތާ ހިންގަމުންދިޔަ ސުޒޫ ބިއުޓީ ސެލޫނަކީ ގިނަ ދިވެހިން ޚިދުމަތް ހޯދަމުންދިޔަ ތަނެކެވެ. އޭގެ ތެރޭގައި މަޝްހޫރު އިންފްލުއެންސަރުންނާއި ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުން ތިބި ދިވެހިން ވެސް ހިމެނެއެވެ. އިންސްޓަގްރާމްގައި 21،000 އަށްވުރެ ގިނަ މީހުން ފޮލޯކުރަމުން އަންނަ ސުޒޫ ބިއުޓީ ސެލޫންގެ އެކައުންޓުން މި ސެލޫންގެ މަޤުބޫލުކަން ފާހަގަކުރެވެއެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy