މަގުތަކަށް ނިކުމެ ގޯއްޗޭ ފްލެޓޭ ކިޔަން ލަދުގަންނަން ޖެހޭ - މުޞްތޮ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުސްތޮ

5 އަހަރުން އެންމެ ބޯހިޔާވަހިކަމެއްވެސް ނުދެވުނު ކަމަށާއި، ކަންއެހެންއޮވެ، މަގުތަކަށް ނިކުމެ ގޯއްޗޭ ފްލެޓޭ ކިޔަން ލަދު ގަންނަން ޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް (އިމްނާ މުޞްތޮ) ވިދާޅުވެއްޖެއެވެ.

މުސްތޮ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ބޯހިޔާވަހިކަންދޭނެ ގޮތާއި ދޭނެ ކަމުގެ ޔަޤީންކަން ދީ ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު އެކަން ސިޔާސީ ކުރަން ނޫޅުމަށް އިދިކޮޅު ޕާޓީތަކަށް ގޮވާލަން - މުސްތޮ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މުސްތޮ ކުރެއްވި ޓްވީޓް:

IMG_0985.jpeg

މި މައްސަލަ މީގެ ކުރިން ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ކުރެއްވި އެއް ސުވާލުގައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރި ގޯތިތައް އޭގެ ވެރިފަރާތާ ހަވާލު ކުރެވޭނެ ހިސާބަކާ ގުޅޭ ގޮތުންނެވެ. އެ ސުވާލުގެ ޖަވާބުގައި ހައިދަރު ފުރަތަމަ ވެސް ހިނިފުޅުވަޑަމުން ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ގޯތިތަކެއް ދީފައި ނުވާ ކަމަށެވެ.

"ކަނޑުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ. ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ،" ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅިފަޅާއި ގިރާވަރު ފަޅުން ދިން 9،000 އަށް ވުރެ ގިނަ ގޯއްޗަށް އިޝާރާތް ކުރައްވައި ހައިދަރުގެ ވާހަކަ ފެއްޓެވިއެވެ.

ހައިދަރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ރައްޔިތުންނަށް ހައްގުވާ ގޯތިތައް ދިނުމަށެވެ. އޭނާ ވިދާޅުވީ ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލު ކުރައްވާނެ ކަމަށާއި އެއީ އެ ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އެ ހައްގު ޔަގީންކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކޭ. މިހާރު މިއުޅެނީ އެޑްމިނިސްޓްރޭޓިވް މައްސަލަތަކެއް،" ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ ކަނޑާއި ފަޅުން ދީފައި ހުރި ގޯތިތައް ރަޖިސްޓްރީ ނުކުރެވޭ އިރު، އެކަން ކުރެވޭނީ އެ ތަންތަން ހިއްކުމަށް ފަހުގައި ކަމަށެވެ.

ކުރީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުން އެއްވެސް ރައްޔިތަކު މަހުރޫމް ނުކޮށް ހައްގުވެރި މީހުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށް ހައިދަރު މިއަދުގެ ޖަލްސާގައި ވަނީ މާތް ﷲ ގަންދީ ހުވާ ވެސް ކުރައްވައިފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy