މިފްކޯގެ ކަނޑުއޮތްގިރީގެ މަސައްކަތްތައް ފެލިވަރަށް ބަދަލުކުރަން ފަށައިފި

ކަނޑު އޮތްގިރިއަށް އެމްއެންޑީއެފުން ޒިޔާރަތްކުރުން / ފޮޓޯ:މިފްކޯ

ކ. ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުން ނިންމުމާ ގުޅިގެން، މިފްކޯއިން އެ ރަށުގައި ކުރަމުންދިޔަ މަސައްކަތްތައް ވަގުތީގޮތުން ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމީ، ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށެވެ. މިހާރު މިފްކޯއިން ދަނީ އެޗްޑީސީއާއެކު ހުޅުމާލެއިން އެކަށީގެންވާ ބިމެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. މި ރަށުގައި ރެޑީ މޭޑް އުފެއްދުންތަކާއި، މަސްވެރިންނަށް އަމާޒުކޮށްގެން ގިނަ ޚިދުމަތްތަކެއް ދެމުން އައެވެ. މީގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، އައިސް ދޫކުރުން ހިމެނެއެވެ.

މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، ކަނޑުއޮތްގިރިން ކަންނެލި މަސްވެރިކަމަށް އެދެވޭ ހައްލެއް ނުލިބުނު ނަމަވެސް، މި ބަދަލާއެކު ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބޭނެ ކަމަށެވެ.

މިފްކޯއިން އަންނަ ސެޕްޓެމްބަރު 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ. މިހާރު އެންމެ އިސްކަމެއް ދެނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ.

ނަމަވެސް، ދިގު މުއްދަތުގެ އަމާޒަކީ ހުޅުމާލެއިން ބިމެއް ހޯދައި، އެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި އަލުން ފެށުމެވެ. މިކަމަށްޓަކައި ސައުދީ ފަންޑާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ 8 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެއް ވަނީ ތައްޔާރުކުރެވިފައެވެ. މި އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖެހުމަކީ މިފްކޯއިން ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy