މަޖިލީހުގެ ފުރަތަމަ ދަައުރު: ޒުވާން މެމްބަރު އަފޫގެ މަސައްކަތަށް ސަތޭކަ!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދަޢުރު ނިންމާލައިފިއެވެ.

މަޖިލީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި ދައުރު ވަނީ ޖުމްލަ 33 ޖަލްސާއެއް ބާއްވާފައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރުގެ ހައިޞިއްޔަތުން މުޙައްމަދު އަފޫ ޙާމިދު ވަނީ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި މުޙިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ޤަވާއިދުން ހާޟިރުވެ، ހުރިހާ ކޮމެޓީ ބައްދަލުވުންތަކަށްވެސް ވަނީ ހާޟިރުވެފައެވެ.

އަފޫ ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ އިޤްތިޞާދީ ކޮމެޓީންވެސް ވަނީ މުޙިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ފޮރިން އިންވެސްޓްމެންޓް ބިލާއި، ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ އަދި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސް އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އިގުތިސޯދީ ކޮމިޓީން ނިންމާ ތަޅުމަށް ފޮނުވަން ވަނީ ފާަސްކޮށްފައެވެ.

މާލީ ސެކިއުރިޓީގެ ބިލް ސްޕޮންސަރ ކުރެއްވި މެމްބަރަކީވެސް އަފޫއެވެ.މި ބިލަކީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓް ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މާލީ ސެކިއުރިޓީސް އާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ބަޔާކޮށްފައިވާ ބިލެކެވެ.

މި ބިލަށް އަފޫ ތިން އިސްލާހެއް ހުށަހެޅިއިރު އެ ތިން އިސްލާހުވެސް ފާސްވި އެވެ.

IMG_0969.jpeg

އެއަށް ފަހު ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިސްމާއީލް ނިޒާރު ހުށަހެޅީ އެ ތިން ބިލަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު ފާސް ކުރުމަށެވެ. އޭނާގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރެވެ.

އެގޮތަށް ފާސް ކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ތިއްބެވި ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ. އެއާއެކު ތިން ބިލުގެ ކޮމިޓީ މަރުހަލާ ވަނީ ނިންމާލާފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

8 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

8 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

9 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

11 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

13 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

14 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

16 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

16 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

17 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

18 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

18 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy