ޖުޑީޝަރީ ކޮމެޓީން ރަނގަޅު މަސައްކަތެއް! ޓެކްސް އެޕީލް ޓްރައިބިއުނަލުން 4 މެމްބަރުން ވަކިކުރުމަށް ރައީސް އަށް ލަފާދީފި!

ޖުޑީޝަރީ ކޮމެޓީގެ މުޣައްރިރު ޙުސްނީ މުބާރިކް

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައިފިއެވެ.

މި ރިޕޯޓް ހުށަހަޅުއްވައިދެއްވީ ޖުޑީޝަރީ ކޮމެޓީގެ މުޣައްރިރު އަދި މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކްއެވެ.

މި މައްސަލަ ބެލުމަށްޓަކައި ކޮމެޓީގެ 7 ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށާއި، ކޮމެޓީގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް ޖުޑީޝަރީ ކޮމެޓީގެ މުޣައްރިރުގެ ޙައިޞިއްޔަތުން ޙުސްނީ ފާހަގަ ކުރެއްވިއެވެ

އަދި ސާފުކުރަން ޖެހޭ މަޢުލޫމާތު ސާފުކުރުމަށް އެ ފަރާތްތައް ޖުޑީޝަރީ ކޮމެޓީއަށް ހާޞިރުކޮށް ސުވާލުވެސް ކޮށްފައިވާނެކަންވެސް ޙުސްނީ ވިދާޅުވިއެވެ.

ކޮމެޓީއަށް ފާހަގަ ކުރެވުނު ކަންކަން:

ކޮރަޕްޝަންގެ ތުޙުމަތު ކުރެވޭ ކަންކަން.

ދަޢުލަތުގެ ޚަރަދު ކުޑަކޮށް ކުރެވެން ހުރި ކަންކަން އެ މަގުން ނުކޮށް ހުރިކަން.

ޓެކްސް އެޕީލް ޓްރައިބިނުނަލްގެ އެތެރޭގެ ހިންގުމުގައި ފާހަގަ ކުރެވޭ ކަންކަން.

މީގެ އިތުރުން ޙުސްނީ ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާ ބެންޗް ކަނޑައެޅުމުގައި މެމްބަރުންގެ މެދުގައި ހަމަހަމަކަން ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ބެންޗް ކަނޑައެޅުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގައި އެއްވެސް ރަޢުޔެއް ލިޔުއްވާފައިނުވާ މެމްބަރަކުވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިމެނޭކަން ޙުސްނީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ކަނޑައެޅުމުގައި މިހާރު ޢަމަލުކުރަމުންދާ އުޞޫލުވެސް ރަނގަޅު ނޫން ކަމަށް ޖުޑީޝަރީ ކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށް ޙުސްނީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި މުޙައްމަދު މުނައްވަރު ޢަލީއާއި، ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޙުސައިން ޒަައިދާން ޖަލީލާއި، މެމްބަރެއްގެ ގޮތުގައި ހުންނެވި އަޙުމަދު އަޝްރަޤު އަދި ޚަދީޖާ ނަޢީމް ޓްރައިބިއުނަލްގެ މެމްބަރު ކަމުން ވަކިކުރުމަށް ރައީސް އަށް ލަފާ އެރުވުމަށްވެސް ކޮމެޓީން ވަނީ ނިންމާފައިކަމަށް ޙުސްނީ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy