ބިދޭސީންގެ ވޯކް ޕާމިޓް އަދި ކޯޓާ ފީ ބޮޑުކުރުމަށް މަގުފަހިވާ އިސްލާހު މަޖިލީހުން ފާސްކޮށްފި

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން

ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީ ބޮޑުކުރުމަށް މަގުފަހިވާ އިސްލާހެއް، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހުގެ ދަށުން، މަދުވެގެން ކޮންމެ ތިން އަހަރަކުން އެއްފަހަރު ނުވަތަ ގިނަވެގެން 18 މަސްދުވަހުގެ (ދޮޅު އަހަރުގެ) މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މި ފީތައް މުރާޖައާކޮށް ބޮޑުކުރެވޭނެއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ދިރާސާކުރި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމުން، 65 މެންބަރުންގެ ތާއީދާއެކު ބިލު ވަނީ ފާސްވެފައެވެ. އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މިހާރު ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2,000 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މި އިސްލާހާ އެކު، މި އަދަދުތައް ގަވާއިދަކުން ކަނޑައެޅޭ ގޮތަށް ބަދަލުވެ، މުރާޖައާކުރުމަށްފަހު ކަނޑައަޅާ ފީ އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30 އިންސައްތައަށް ވުރެ އިތުރު ނުވާ ގޮތަށް ބޮޑުކުރެވޭނެއެވެ. މިގޮތުން، ވޯކް ޕާމިޓް ފީ 350 ރުފިޔާއިން 455 ރުފިޔާއާ ހަމައަށް، އަދި ކޯޓާ ފީ 2,000 ރުފިޔާއިން 2,600 ރުފިޔާއާ ހަމައަށް ފުރަތަމަ ފަހަރު ބޮޑުކުރެވިދާނެއެވެ.

މީގެއިތުރުން، މި އިސްލާހުގައި ބިދޭސީން ގެންނަ ފަރާތްތަކުން މިނިސްޓްރީގައި ސެކިއުރިޓީ ޑިޕޮޒިޓް ބެހެއްޓުމަށް ވެސް ވަނީ ހިމަނާފައެވެ. ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ، މި ސެކިއުރިޓީ ޑިޕޮޒިޓަކީ އެ ބިދޭސީ މީހާ އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމަށް ޓިކެޓަށް ހޭދަވާ އަދަދަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.

މި އިސްލާހުތަކާއެކު، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ފީތައް ބޮޑުކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެއެވެ. މިކަމުން ސަރުކާރުގެ އާމްދަނީ އިތުރުވެ، ބިދޭސީންނާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް އެހީތެރިވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy