ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ވިޔަފާރި ކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު

ހދ. ކުޅުދުއްފުށީގައި ކޮންމެ ހަފުތާއަކު ބާއްވާ "ހޮނިހިރު ބާޒާރު"

ހދ. ކުޅުދުއްފުށީގައި ކޮންމެ ހަފުތާއަކު ބާއްވާ "ހޮނިހިރު ބާޒާރު" ގައި ވިޔަފާރި ކުރެވޭނީ ހަމައެކަނި ހޮނިހިރު ދުވަހު އެކަނި ކަމަށް އެ ރަށު ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މީގެ ފަހުން ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދުގައި ވިޔަފާރި ކުރެވޭނީ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ފެށިގެން އެ ދުވަހު ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ.

އެ ނިންމުން ނިންމީ، ހޮނިހިރު ބާޒާރުގެ އަގާއި އިގްތިސާދީ ހައިބަތު ހިފަހައްޓަން ކަމަށް ބެލެވެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން ސީދާ އެހެން ބުނެފައެއް ނުވެ އެވެ. އެކަމަކު، ހޮނިހިރު ބާޒާރަކީ މުހިންމު އިގްތިސާދީ ހަރަކާތެއް ކަމަށް ކައުންސިލުން ބުނެ އެވެ.

"ކުޅުދުއްފުށި ސިޓީއަށް ހާއްސަ، ހޮނިހިރު ބާޒާރަކީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރި ވިޔަފާރިތަކާއި، ހޯމްބޭސްޑް ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، މުހިއްމު އިގްތިސާދީ ހަރަކާތެއް،" ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޖޫން، 2019، ގައި ހުއްޓާލަން ވެސް ކައުންސިލުން ނިންމި އެވެ. އެގޮތަށް ނިންމީ އެ ރަށުގައި ހެދި މާރުކޭޓުތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ ކަމަށް އެއިރު ކައުންސިލުން ބުންޏެވެ.

ނަމަވެސް ރައްޔިތުންގެ ފަރާތުން ޕްރެޝަރު ކުރިމަތިވުމުން އޭގެ އެއް މަސް ފަހުން ވަނީ ހޮނިހިރު ބާޒާރު ހުއްޓާނުލާން ނިންމައިފަ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy