ޣައްޒާ ހަނގުރާމައާ ބެހޭގޮތުން ސަޢޫދީ ޚާރިޖީ ވަޒީރާއި ބްލިންކެން މަޝްވަރާކުރައްވައިފި

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން(ކ) ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު (ވ) މަޝްވަރާ ކުރެއްވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ސޫދާނާއި ޔަމަނުގައި ހިނގަމުންދާ ކަންކަން ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއި ސައުދީ ޚާރިޖީ ވަޒީރު މިޔަ އާދީއްތަ ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޕްރިންސް ފައިސަލް ބިން ފަރްހާން އާއި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓާ ދެމެދު މަޝްވަރާކޮށްފައި މިވަނީ ޣައްޒާގެ ހަމަނުޖެހުންތަކުގައި ބައިވެރިވާ ފަރާތްތައް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން މެދުއިރުމަތީގެ ދަތުރުފުޅެއްގައި ބްލިންކެން އާދީއްތަ ދުވަހު އިސްރާއީލަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން އެގައުމުގެ އިސް އޮފިޝަލުންނާ ހޯމަ ދުވަހު ބްލިންކެން ބައްދަލުކުރައްވާނެ ކަމަށެވެ.

އިސްރާއީލަށް ކުރެއްވި ދަތުރުފުޅަށްފަހު ބްލިންކެން ދެން ވަޑައިގަންނަވާނީ މިސްރަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy